tag:blogger.com,1999:blog-34216938121727007342024-03-21T17:34:56.413-07:00PROFESSIONALmustAFAhttp://www.blogger.com/profile/12098311016115979836noreply@blogger.comBlogger1125tag:blogger.com,1999:blog-3421693812172700734.post-63217816809885703112010-10-19T09:53:00.000-07:002010-10-19T09:53:27.991-07:00ދޫނި

ދޫންޏަކީ އޭގެ ހަށިގަނޑު ފަތުން ނިވާވެފައިވުމުގެ އިތުރުން އުދުހުމަށްޓަކައި ޤުދުރަތުން ދެފިޔަ ދެއްވާފައިވާ ޖަނަވާރެކެވެ. ދިރޭ ސޫތްޕާއި ވާ ފަދަ ތަކެއްޗަށް ފިޔަ ލިބިގެންވިޔަސް ދޫންޏަކީ ފަތް ލިބިގެންވާ ހަމައެކަނި ޖަނަވާރެވެ. ޖުމްލަގޮތެއްގައި ބުނާނަމަ މަދު ދޫންޏެއް ފިޔަވައި، ހުރިހާ ދޫންޏަކީވެސް އުދުހުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ.

ދޫނި ހިމެނެނީ ޖަނަވާރު ބެހިފައިވާ މައިގަނޑު ދެބައިގެ ތެރެއިން މައިކަށި ލިބިފައިވާ ބައިގައެވެ. ދޫނީގެ އިތުރުން މައިކަށި ލިބިގެންވާ ބައިގެ ތެރޭގައި ހިމެނޭ އެހެން އެއްޗިއްސަކީ މަސްމަހާއިމެއްސާއި، ފެނާއި އެއްގަމުގައި ދިރިއުޅުމަށް ގާބިލުކަން ލިބިގެންވާ ތަކެއްޗާއި، ބޮނޑާއި ކިނބޫ ފަދަ ހަތަރެސްފައިހުރި ޖަނަވާރެވެ. ދޫނީގެ ސިފަތަކާއި ދިރިއުޅުމުގައި އެހެން ޖަނަވާރުތަކާ ތަފާތެއް ހުރިކަމުގައިވިޔަސް ބައެއްކަންތައް އެއްގޮތެވެ. އެއްގޮތްކަންތައްތަކުގެ ތެރޭގައި ހަތަރެސްފައި ހުރި ޖަނަވާރުތަކެކޭ އެއްފަދައިން ހިތް 4 ބަޔަށް ބެހިފައިވުމާއި، ހަށިގަނޑުގައި ދައުރުވަމުންދާ ލެޔަކީ ކޮންމެވެސް ވަރަކަށް ހޫނު ލެއަކަށް ވެފައި ތަފާތު މާޙައުލުތަކަށް ހަށިގަނޑުގެ ފިނިހޫނުމިން ހިފެހެއްޓޭ އެއްޗަކަށް ވުން ހިމެނެއެވެ. ބޮނޑާއި، ހޯނާއި، ކިނބުލެކޭ އެއްފަދައިން ދޫނި ވިހަނީ މަންމަގެ ހަށިގަނޑުން ބޭރުގައި ބިސްއޮވެގެންނެވެ.
mustAFAhttp://www.blogger.com/profile/12098311016115979836noreply@blogger.com0